ޚަބަރު

ޤައުމީ އެތްލެޓިކްސް މުބާރާތުގަ ކުޅުދުއްފުށި މުގޫ ޓީމް ސްޕޯރޓްސްއަށް ތިން ވަނަ


ޤައުމީ އެތުލެޓިކްސް މުބާރާތުގައި ކުޅުދުއްފުށި މުގޫ ސްޕޯޓްސް ކުލަބުގެ ޒުވާން އެތުލީޓުންގެ ޓީމް މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ. އިއްޔެ މާލޭގައި ނިންމާލި މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ދުވުންތެރިން ވާދަކޮށްފައިވެއެވެ.

މި ޓީމުގެ ބައެއް އެތުލީޓުންވަނީ އަމިއްލަ ރެކޯޑް އާކޮށްފަ އެވެ. އެގޮތުން އަހުމަދު ޝާމް މުޙައްމަދާއި ޝަމްވީލް މުޙައްމަދު ނައީމް ވަނީ އަމިއްލަ ރެކޯޑް އާކޮށްފަ އެވެ. އެގޮތުން ޝާމް ވަނީ 100މ ގެ ރޭސް 11.54 ސިކުންތުން ނިންމާފަ އެވެ. އަދި ޝަމްވީލް ވަނީ 200މ ދުވުމުގެ އޭނާގެ އަމިއްލަ ރެކޯޑް އާކޮށްފަ އެވެ. އެއީ 25.08 ސިކުންތުނެވެ. މުގޫއިން ކާމިޔާބީތައް ހޯދާފައިވަނީ ރިލޭއިންނާއި ދުވުންތަކުންނެވެ.

މިމުބާރާތުގައި ވާދަކުރި ރާއްޖޭގެ ބާރު ދުވުންތެރިންތަކުގެ ތެރޭގައި ހުސެއިން ފަޒީލް ހާރޫން، ހުސެއިން ހަލީމް، މުހަންމަދު ރަޝީދު، އަލީ ރިޒާ ފަދަ ދުވުންތެރިން ހިމެނެ އެވެ.

މިމުބާރާތުގައި ބައިވެރިވުމަށް މުގޫ ސްޕޯޓްސް ކުލަބަށް އެހީތެރިވި ފަރާތްތަކަށް އެކުލަބުން ވަނީ ޝުކުރުއަދާކޮށްފަ އެވެ. އެގޮތުން އެތުލީޓުންގެ ބެލެނިވެރިންނާއި މޮޓޮރައިޒް، ހދ އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު އާތިފް، ކުޅުދުއްފުށީ ކައުންސިލް، ފްރީޒް ލޭންޑް އަދި ޑަބުލިއު ސްޕޯޓްސް އެކަޑަމީ ފާހަގަކޮށްފައިވެއެވެ.