ޚަބަރު

ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި


ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ކުޅުދުއްފުށީގައި ޚާއްސަ ވެހިކަލް ބުރެއް ބާއްވައިފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ވެހިކަލް ބުރުގައި ކޯލިޝަންއަށް ތާޢީދުކުރާ ގިނަ ބަޔަކު ބައިވެރިވިއެވެ. ވެހިކަލް ބުރު އިންތިޒާމްކުރި ފަރާތުން ބުނީ ވެހިކަލް ބުރު ބޭއްވުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުންނާއި އެހެނިހެން ބައެއް ސަބަބުތަކާ ގުޅިގެންކަމަށެވެ. ވެހިކަލް ބުރުގެ އިތުރުން، ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ކުޅުދުއްފުށީގައި މުއިޒިކް ޝޯވއެއްވެސް ރޭ ބޭއްވިއެވެ.

ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އިދިކޮޅު ކޯލިޝަނުން މާލޭގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޚާއްސަ ހަރަކާތްތައް ބާއްވަމުންނެވެ.