ޚަބަރު

އިންތިޚާބާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގެ އެންމެ ފަހު އަޑުއެހުން ފަށަން ތައްޔާރުވެއްޖެ


ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުންތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މައްސަލައިގެ އެންމެފަހުގެ އަޑުއެހުންތައް ބޭއްވުމަށް ސްޕްރީމްކޯޓުން ތާވަލްކޮށްފައިވަނީ މިއަދު ދިހަގަޑި ތިރީހުގައެވެ. މިއަދުގެ އަޑު އެހުމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ސިއްރު ހެކިންނާއި މެދު ގޮތެއް ނިންމެވުން އޮންނާނެއެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ އަޑު އެހުން ފެށެން ތައްޔާރުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ޝަރީޢަތް އަޑުއެހުމަށް ސުޕްރީމް ކޯޓަށް ގޮސްފައެވެ. މީގެ އިތުރުން އެސަރަޙައްދުގައިވެސް ގިނަ އަދަދެއްގެ އާއްމުން އެބަތިއްބެވެ.