ޚަބަރު

އިންތިޚާބާ ގުޅޭ މައްސަލައިގެ އަޑުއެހުންތައް ނިންމުމަށް އިތުރު އަޑުއެހުމެއް މާދަމާ ބާއްވަނީ


ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމުމަށް އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު 10:30ގައި ބޭއްވުމަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

މާދަމާ ބާއްވާ އަޑުއެހުމުގައި މި މައްސަލައާ ގުޅޭގޮތުން ޕީޕީއެމުން ހުށަހަޅާފައިވާ އިޖުރާއީ ނުކުތާތަކާމެދު ގޮތެއް ނިންމަވާނެކަމަށް އުއްތަމަ ފަނޑިޔާރު ވަނީ މިއަދުގެ އަޑުއެހުން ނިންމާލަމުން ވިދާޅުވެފައެވެ.


ތަފްސީލް އަންނަނީ...