ސިއްހަތު

ހދ އަތޮޅު ހެލްތު ސަރވިސްއިން ކުޅުދުއްފުށީގެ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ޕްރޮގުރާމެއް ހިންގައިފި


ހދ އަތޮޅު ހެލްތު ސަރވިސްއިން ކުޅުދުއްފުށީގެ އުމުރުން ދުވަސްވީ މީހުންނަށް ޢަމާޒުކޮށްގެން ޚާއްޞަ ޕްރޮގުރާމެއް ހިންގައިފިއެވެ.


ހދ ހެލްތު ސަރވިސްއިން ބުނީ، މި ޕްރޮގުރާމަކީ ހދ.ކުޅުދުއްފުށީގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންނާއި ދާނުގައި ތިބި ބަލި މީހުންނަށް ތަފާތު މާޙައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤުޞަދުގައި ހިންގި ޕްރޮގުރާމެއްކަމަށެވެ.

ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރަމުންދާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމް ޙަރަކާތްތައް ކުރިޔަށްގެންދިޔައީ ހޮނިހިރު ދުވަހު ހެދުނު ހެނދުނު 6 ން 10 އަށް ކުޅުދުއްފުށީ ހިއްކިބިމު ގޮނޑުދޮށުގައެވެ.
ހދ ހެލްތް ސަރވިސްއިން ބުނީ 42 ދާނުގައި ތިބެގެން ފަރުވާ ހޯދަމުންދާ އުމުރުން ދުވަސްވީ 42 މީހަކަށް ފަރުވާދެމުންދާކަމަށާއި، އޭގެތެރޭން 8 މީހަކު ޢާއިލާގެ އެހީތެރިކަމާއެކު މިޕްރޮގުރާމުގައި ބައިވެރިކުރިކަމަށެވެ. ފައިދާހުރި ހެނދުނުގެ ނާސްތާއަކާއެކު ކުރިއަށް ގެންދިޔަ މިޕްރޮގުރާމުގައި ދާންމަތީ ބަލިމީހުންނާއި އުމުރުން ދުވަސްވީ މީހުން ހިމމެނޭގޮތާށް ޖުމްލަ 70 މީހުން ބައިވެރިވިއެވެ.