ވިޔަފާރި

ރެއިންބޯގެ 28 ވަނަ އަހަރީ ދުވަސް: އޮންލައިން ސްޓޯރަކާއެކު ބޮޑު ޑިސްކައުންޓެއްލިބޭ ޕްރޮމޯޝަނެއް


ރެއިންބޯއިން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން އޮންލައިން ސްޓޯރ އަކާއެކު ޚާއްޞަ ޑިސްކައުންޓް ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރާއްޖޭގައި ފަރުނީޗަރުގެ ވިޔަފާރީގައި ފާހަގަކޮށްލެވޭ ކުންފުންޏެއްކަމަށްވާ، ރެއިންބޯއިން އެ ކުންފުނީގެ 28 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޚިދުމަތްދޭންފެށި އޮންލައިން ސްޓޯރ އިން، އެކުންފުނީގެ ފިހާރަތަކުން ވިއްކާ ހުރިހާ ސާމާނެއްވެސް ލިބެން ހުންނާނެކަމަށް ރެއިންބޯއިން ބުނެއެވެ.

އެކުންފުނީގެ 28 ވަނަ އަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިންގ މޯލްގައި ބޭއްވި ހަފްލާގައި، ވާހަކަ ދައްކަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޢަބްދުﷲ އަސްލަމް ވިދާޅުވީ މި އޮންލައިން ސްޓޯރ އިން ގަންނަ މުދާ މާލޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ގެންގޮސްދޭނެ ކަމަށެވެ.

މީގެ އިތުރުން ރެއިންބޯއިން އެކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ފެށި ޚާއްޞަ ޕްރޮމޯޝަނުގެދަށުން އެ ކުންފުނިން ވިއްކާ މުދަލުގެ އަގުގެ 50 އިންސައްތަޔާ ހަމަޔަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރެއިންބޯއިން ބުނެއެވެ. އަދި ރެއިންބޯއިން އަލަށް ޚިދުމަތްދޭންފެށި އޮންލައިން ސްޓޯރ އިން މުދާ ގަންނަ މީހުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

ރެއިންބޯ އެޓަރޕްރައިޒެސް އިން ދަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކަށްވެސް އެކުންފުނީގެ ވިޔަފާރި ފުޅާކުރަމުންނެވެ.