ޚަބަރު

ކުރިއަށް އޮތް 48 ގަޑިއިރު އުތުރުގެ ރަށްތަކަށް އުދައަރާފާނެ- މޫސުމާބެހޭ ޤައުމީ އިދާރާ


ކުރިއަށް އޮތް 48 ގަޑި އިރު ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް އުދައަރާފާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މުސުމާބެހޭ އިދާރާއިން ބުނީ ރާއްޖެއަށް މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މެދު ރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް ވައި ގަދަވެ، އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވިއްސާރަކުރަނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި ޑިސެމްބަރު މަހާ ހަމައަށް މިވިއްސާރަ ދެމިގެންދާނެކަމަށް ލަފާކުރެވޭކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާއިރު، މިހާތަނަށް ކަނޑުމަތީގައި ހިނގާފައިވާ ހާދިސާތައް މަދުކަން ކޯސްޓް ގާޑުން ފާހަގަކުރެއެވެ. އެގޮތުން ދޯނިތައް ދިޔަ ވުމާއި ފަރަށް އެރުންފަދަ 3 ހާދިސާއެއް ރިޕޯޓް ކުރެވިފައިވާއިރު މި ހާދިސާތަކުގައި އެއްވެސް މީހަކަށް ކަމެއްވި ކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޯސްޓް ގާޑުން ބުނީ ކަނޑުމަތީގެ ހާދިސާތައް މަދުވުމުގެ މައިގަނޑު ސަބަބެއްކަމަށް ޤަބޫލުކުރެވެނީ ޢާއްމުންގެ ހޭލުންތެރިކަން އިތުރުވުންކަމަށެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ގެއްލުންވެގެން ރިޕޯޓުކޮށްފައިވާ މިންވަރު މަދުކަމަށެވެ.