ޚަބަރު

އެމެރިކާގެ ޚާރިޖީ ވަޒީރު އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެއްޖެ


އެމެރިކާގެ ޚާރިޖީ ވަރީޒު މައިކް ޕްމްޕެއޯ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ބުނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ، އިންތިޚާބީ ރައީސަށް މިއަދު ހަވީރު ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެފައިވާކަމަށެވެ. ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުކުރުމުގެ މަރުޙަލާތައް ކުރިއަށްދާގޮތާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން މައުލޫމާތުދެއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރަށް ފުރިހަމަ އެހީތެރިކަންދޭނެކަމަށް އެމެރިކާއިން ކުރިންވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެމެރިކާގެ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުންވެސް ވަނީ އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެފައެވެ.