ޚަބަރު

ސްރީލަންކަންއިން ޑީޓީޑީސީ އެކްސްޕްރެސްގެ ޚިދުމަތް ދެކުނުގެ އަތޮޅުތަކަށްދޭން ފަށައިފި


އިންޑިއާގެ މަޝްއޫރު ކުންފުންޏެއްކަމަށްވާ 'ޑީޓީޑީސީ އެކްސްޕްރެސް' އާއި ސްރީލަންކަން އެއާލައިންސް ކާގޯއާ ގުޅިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އެކްސްޕްރެސް ޑެލިވަރީ ސަރވިސްގެ ހިދުމަތްދޭން ފަށައިފިއެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ އެކްސްޕްރެސް ޑެލިވަރީގެ (އެކްޕޯރޓް އަދި އިންޕޯރޓް) ޚިދުމަތް އައްޑޫސިޓީ އާއި ފުވައްމުލައްސިޓީގެ އިތުރުން ހުވަދޫ އަތޮޅަށް ވަނީ ދޭންފަށާފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސްރީލަންކަން ކާގޯގެ މަދޫޝަަން (ހެޑް އޮފް ކުރިއަރ ޑިވިޝަން) ވިދާޅުވީ، ސްރީލަންކަން އިން ފެށި މިޚިދުމަތުގެ ތެރެއިން ޕާރުސަލްތަކާއި ލިޔެކިޔުންތައް އެއްތަނުން އަނެއްތަނަށް ފޮނުވުމުގެ ހުރިހާ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށެވެ.

ޑީޓީޑީސީ އެކްސްޕްރެސްގައި އެކްސްޕޯޓް ކުރެވޭނީ ސްރީލަންކަން އެއާރލައިންގެ ޝެޑިއުލް އާ އެއްގޮތަށް ހަފުތާއަކު ތިން ދުވަހު ކަމަށްވެސް ސްރީލަންކަން ކާގޯއިން ބުނެފައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަށް ޚިދުމަތް ދެމުން އަންނަ ޑީޓީޑީސީ އެކްޕްރެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކަށް ކޮރިއަރ ކުރެވޭނެއެވެ. އަދި މި އެކްޕްރެސް އިން ފޮނުވާ ޕާރުސަލް އޮންލައިންގެ ޒަރީއާއިން ޓްރެކް ކުރެވޭނެއެވެ.

ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ޚިދުމަތް ދެމުންގެންދާ ސްރީލަންކަން ކާގޯ އިން ފޮނުވާ ތަކެތީގެ އަގު ކަނޑައަޅާނީ އޭގެ ބަރުދަނަށް ބަލާފައިކަމަށްވެސް ސްރީލަންކަން ކާގޯއިން ބުނެއެވެ.