ޚަބަރު

ޕީޕީއެމްގެ ރައީސްގެ މަޤާމަށް ރައީސް ޔާމީން


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ރައީސްގެ މަޤާމަށް އެ ޕާޓީގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންތިޚާބުކޮށްފިއެވެ.

ޕީޕިއެމްގެ ރައީސްގެ މަޤާމަށް ރައީސް ޔާމީން އިންތިޚާބުކޮށްފައިވަނީ އެޕާޓީގެ ޤައުމީ ޖަލްސާގައެވެ. މި ޖަލްސާގެ ތެރެއިން ވަނީ އެޕާޓީގެ ނައިބްރައީސުންގެ މަޤާމަށްވެސް މީހުން އިންތިޚާބްކޮށްފައެވެ. މިގޮތުން ޕީޕީއެމްގެ ނައިބްރައީސްގެ މަޤާމުގައި ތިއްބެވި އަބްދުއްރަހީމް ޢަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު މިފަހަރުވެސް ވަނީ ނައިބުންގެ ގޮތުގައި އިންތިޚާބްކޮށްފައެވެ. އަދި އެޕާޓީގެ އައު ދެ ނައިބްރައީސުންގެ ގޮތުގައި އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދާ، ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާރ އޮފް ލީގަލް އެފެއާޒް އަލްއުސްތާޛާ އާޒިމާ ޝަކޫރު ވަނީ އިންތިޚާބުކޮށްފައެވެ.

ޕީޕީއެމްގެ ނައިބް ރައިސްގެ މަޤާމަށް މި ހަތަރު ބޭފުޅުން ކުރިމަތިލިއިރު އެ މަޤާމަށްފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވެސް ކުރިމަތިލެއްވިއެވެ. އެހެންނަމަވެސް އޭނާ އިންތިޚާބުވެފައިނުވެއެވެ.

ޕީޕީއެމްގެ ނައިބްރައީސްގެ މަޤާމަށް މި ހަތަރު ބޭފުޅުން އިންތިޚާބްކޮށްފައިވާއިރު ޢަބްދުއްރަހީމް އަބްދުﷲ އަށް ވަނީ 234 ވޯޓު ލިބިފައެވެ. މިނިސްޓަރ މޫސާ ޒަމީރަށް 220 ވޯޓު ލިބިފައިވާއިރު މިނިސްޓަރ ސަޢީދަށް ލިބިފައިވަނީ 160 ވޯޓެވެ.

މިޖަލްސާގައި ވަނީ އެ ޕާޓީގެ ނައިބްރައީސްގެ މަޤާމަށް، ކުރިމަތިލެއްވި ހަމައެކަނި އަންހެން ބޭފުޅާ، އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވަނީ އެމަޤާމަށް އިންތިޚާބުވެފައެވެ. އެކަމަނާ އެ މަޤާމަށް އިންތިޚާބުވެފައިވަނީ ޤައުމީ މަޖިލީހުގެ އިއްތިފާގުންކަމަށް ޕީޕީއެމްއިން ބުނެއެވެ. މި ޖަލްސާގައިވަނީ ޕީޕީއެމްގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެމަތިން އެ ޕަޓީގެ ކައުންސިލަށް 10 ކަނބަލުން އިންތިޚާބްކޮށްފައެވެ. އަދި ޕާޓީގެ ކައުންސިލް މެމްބަރުންގެ ގޮތުގައި 20 ފިރިހެނުންވަނީ އިންތިޚާބްކޮށްފައެެވެ.

ޕީޕީއެމްގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން، ބާއްވާ އެޕާޓީގެ ޤައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދަށް ބަދަލުގެނައުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ މިއަދާއި މާދަމާ ކުރިއަށްދާނެކަމަށް ޕީޕީއެމުން ބުނެއެވެ.