ޚަބަރު

ވެރިކަން ބަދަލުވާ މަރުހަލާ އޮމާންކަމާއެކު ކުރިއަށްގެންދިއުމުގައި ސިފައިން އެހީތެރިވާނެ- ޑިފެންސް މިނިސްޓަރ


ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ވެރިކަން ބަދަލުވާ މަރުހަލާ އޮމާންކަމާއެކު ކުރިއަށްގެންދިއުމުގައި ސިފައިން އެހީތެރިވާނޭކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް، އަދި އިންތިޚާބުގެ ނަތީޖާއަށްފަހުވެސް ޤައުމުގެ އަމަން ބެލެހެއްޓުމުގައިވެސް ސިފައިން ދަނީ ޕްރޮފެޝަނަލްކޮށް މަސައްކަތްްކުރަމުންކަމަށެވެ. އަދި ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައިވެސް ދިވެހި ސިފައިން ރައްޔިތުންނާއެކު ތިބޭނޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޤާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ދެމެހެއްޓުމަކީ ސިފައިންގެ ޤާނޫނީ ޒިންމާއެއްކަމަށާއި އެޒިންމާ ސިފައިން އަދާކުރާނޭކަމަށެވެ.