ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްގޮސްފައިވަނީ އަމާންކަމާއި އޮމާންކަމާއެކުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަގޮތާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އިންތިޚާބާ ގުޅޭގޮތުން ހުށަހެޅުނީ އެންމެ 2 ޝަކުވާކަމަށެވެ. އަދި އިންތިޚާބު ކުރިއަށްދިޔައިރު އެއްވެސް މަރުހަލާއެއްގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށެވެ. އެހެންކަމުން މިކަމުން ދޭހަކޮށްދެނީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ ތިރީސް ފަސް މީހުންނަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ. ވޯޓުލުމަށްޓަކާ ރާއްޖެއާއި ރާއްޖޭން ބޭރުގެ 4 ޤައުމެއް ހިމެނޭހެން ޖުމްލަ ހަތަރުސަތޭކަ ހަތްދިހަ ދެ ވޯޓު ފޮށި ބަހައްޓާފައިވެއެވެ.