ޚަބަރު

އިދިކޮޅު ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި


ރިޔާސީ އިންތިޚާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ކާމިޔާބުކުރެއްވިކަން އިންތިޚާބުގެ ވަތުތީ ނަތީޖާއިން ދައްކައިފިއެވެ.

އިބްރާޙީމް މުޙައްމަދު ޞޯލިޙު އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ވާދަކުރައްވައެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާގައިވާގޮތުން، އިބްރާޙީމް މުޙައްމަދު ޞޯލިޙަށް ލިބިވަޑައިގެންފައި ވަނީ 134616 (އެއްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސޯޅަ) ވޯޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައި ވަނީ 96132 (ނުވަދިހަ ހަހާސް އެއްސަތޭކަ ތިރީސް ދޭއް) ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން އިބްރާޙީމް މުޙައްމަދު ޞޯލިޙު ކުރި ހޯއްދަވާފައިވާއިރު ރިޔާސީ އިންތިޚާބުގައި ދެލައްކަ ތިރީސް އަށްހާސް އަށްސަތޭކަ ހަތްދިހަ ހަތް މީހުން ވަނީ ވޯޓުލާފައެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން އިބްރާޙީމް މުޙައްމަދު ޞޯލިޙު ކުރި ހޯއްދަވާފައިވާއިރު ރިޔާސީ އިންތިޚާބުގައި ދެލައްކަ ތިރީސް އަށްހާސް އަށްސަތޭކަ ހަތްދިހަ ހަތް މީހުން ވަނީ ވޯޓުލާފައެވެ.

އިންތިޚާބުގެ ވޯޓުގުނުން ކުރިއަށްދިޔައިރު، މީޑިއާތަކުން ގެނެސްދިން ނަތީޖާތަކުން އިބްރާހިމް މުޙައްމަދު ސާލިހަށް އިންތިޚާބުން ކުރި ލިބުނުކަން ޔަޤީންވުމާއެކު އެމްޑީޕީއާ އިދިކޮޅު ކޯލިޝަނަށް ތާޢީދު ކުރާ ގިނަ ޢަދަދެއްގެ ބަޔަކު ރޭ ވަނީ އުފާފާޅު ކުރުމަށް މާލޭގެ މަގުތަކަށް ނިކުމެފައެވެ.