ޚަބަރު

ދެ ކެނޑިޑޭޓުން ވޯޓުލައިފި


ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި އެމަނިކުފާނުގެ ރަނިންގ މޭޓް، ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ވޯޓު ލައްވައިފިއެވެ.

ރައީސް ޔާމީން ވޯޓު ލައްވާފައިވަނީ ސީއެޗްއެސްސީގައި ހުންނަ މައްޗަށް ގޯޅި އުތުރު ތިން ނަންބަރު ވޯޓު ފޮއްޓަށެވެ. ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވޯޓުލާފައިވަނީ ޣިޔާސުއްދީން ސްކޫލްގައި ހުންނަ ގއ. އަތޮޅު މާލެ ދެނަމްބަރު ވޯޓު ފޮށްޓަށެވެ. އެ ފޮށްޓަކީ މާލޭގައި ތިބި ގއ. މާމެންދޭ، ނިލަންދޫ، ދާންދޫ، މި ތިން ރަށުގެ ރައްޔިތުންގެ ތެރެއިން، އެ ފޮއްޓަށް ވޯޓު ލުމަށް ރެޖިސްޓްރީކޮށްފައިވާ މީހުންނަށް ބަހައްޓާފައިވާ ފޮށްޓެވެ.

މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސާލިހާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމްވެސް ވަނީ ވޯޓު ލައްވާފައެވެ. އިބްރާހިމް މުޙައްމަދު ސާލިހް ވޯޓު ލެއްވީ އިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ. އެއީ ޅ. ހިންނަވަރު ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓު ލާ މީހުންނަށް ބަހައްޓާފައިވާ ފޮށްތެވެ. ފައިސަލް ނަސީމް ވޯޓުލައްވާފައިވަނީ އަރަބިއްޔާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.