ޚަބަރު

އިބްރާހިމް މުޙައްމަދު ސާލިހް ރަލުގެ މައްސަލައެއްގައި އަރުވާލިތަ؟


އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސާލިހަކީ، 1989 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ރާއްޖޭގެ ޤާނޫނުތަކައި ޤަވާއިދު ތަކާއި ޙިލާފަށް ފަޅުރަށެއްގައި ކޮޓަރި ހަދައި ބަނގުރާ ބޮވޭނެ އިންތިޒާމު ހަމަޖައްސައި ބަނގުރަލުގެ ވިޔަފާރި އާއެކު ޤަވާއިދާ ޚިލާފަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެ، ތ.ގުރައިދުއަށް އަރުވާލާފައިވާ މީހެއްކަމަށްބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް، އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަން ހިނގާފައިވާ ގޮތާއި ގުޅޭ ގޮތުން ވާހަކަ ދައްކައިފިއެވެ.

މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ގިނަބަޔަކު ޝުޢޫރުތައް ފާޅުކުރަމުންދާއިރު، ގުރައިދޫ އަށް ނިސްބަތްވާ ބައެއް މީހުން ބުނީ އިބްރާހިމް މުޙައްމަދު ސާލިހު އެރަށަށް އަރުވާލުމުން އޭނާ ދިރިއުޅެފައިވަނީ އެރަށުގެ ޗާންދަނީގެ ކިޔާ ގެއެއްގައި ކަމަށެވެ.

ކޮންމެއަކަސް ގުރައިދޫއިން ވާހަކަ ދެއްކި ބައެއް މީހުން މިހެން ބުނަމުންދާއިރު، އިބްރާހިމް މުޙައްމަދު ސާލިހްގެ މައްޗަށް ހުކުމް ތަންފީޒް ކުރުމަށް ކޯޓުން ނެރުނު ޗިޓް ކަމަށްބުނާ ޗިޓެއްވެސް ސޯޝަލް މީޑިއާގައި ދަނީ ހަލުވި ކަމާއެކު ދައުރުވަމުންނެވެ.

ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ކެންޕެއިން ކުރަމުންދާ ފަރާތަކުން އޮޅުވާލައިގެން މިފަދަ މަކަރުވެރި ހީލަތްތެރި ކަންތައްތަކެއް ހިންގުމަކީ އެބޭފުޅާގެ ނަޒާހަތްތެރި ކަމާއި ގުޅޭގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ސިޔާސީ ބޭފުން ދަނީ ބުނަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސާލިހާ ބެހޭ ގޮތުން މިފަދަ ވާހަކަތަކެއް ފެތުރެމުންދާއިރު، މިކަމާ ގުޅޭ ގޮތުން އެމަނިކުފާނުގެ ބަހެއް ހޯދާލުމަށް ޕީއެސްއެމް އިން ގުޅާލުމުން ފޯނަށް ޖާވާބު ދީފައެއް ނުވޭއެވެ. އަދި މިކަމާއި ގުޅޭ ގޮތުން މިހާތަނަށް މީޑިއާގައި އެމަނިފާނު އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، އެމަނިކުފާނުގެ ކެންޕެއިންގައި ރާއްޖޭގައި ކްރިސްޓިއަންދީން ފަތުރަން މަސައްކަތް ކޮށްގެން ޑީޕޯޓްކޮށްފައިވާ ފާދިރީއެއްކަމަށްވާ ޑޭވިޑް ހާޑިންގހަމް އާއި ސެކިއުލަރ ވިސްނުމުގެ ފަރާތްތަކުން ދަނީ އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ. އަދި މިކަމަށް އާމުންގެ ތެރެއިން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.