ޚަބަރު

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ ކެންޕޭން ދަތުރުތައް ނިންމާލައިފި


ކެމްޕެއިންގެ އެންމެ ފަހު ދަތުރުޕުޅުތަކު ތެރެއިން އިއްޔެ ހަވީރު ވަގުތެއްގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހް އާއި ފައިސަލް ނަސީމް، ފުވަމުލަކުގައި ޖަލްސާއެއް ބާއްވައިފިއެވެ.

މިޖަލްސާގައި ގައި އިދިކޮޅު އިއްތިހާދުގެ ވާހަކަ ދައްކަވަމުން އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި މީހުން ދިރިއުޅޭ 185 ރަށަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި ހުރިހާ ހިސާބަކުންވެސް އިވެނީ އެއް އަޑެއްކަމަށެވެ. އިބޫ އިތުރަށް ވިދާޅުވީ އޭނާއަކީ ކާކުކަން ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ރައްޔިތުންނަށް ދެރައެއް ދީ އޮޅުވާލައި ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

ރަށުން ބޭރުން ގިނަ އަދަދެއްގެ ބަޔަކު ގެނެސްގެން ކުރިއަށް ގެންދިޔަ މިޖަލްސާ ބާއްވާފައި ވަނީ ފުވައްމުލަކު ސިޓީގެ މައިލޯ ސްޓޭޑިއަމްއެވެ.