ޚަބަރު

ލައިވް ކަވަރޭޖް: ޤައުމީ ޓީމަށް މަރުހަބާ ކިޔުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުވުން


17:36 - ޤައުމީ ސަލާމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ނިންމާލައިފި.

17:34 - މިސަރުކާރު އޮވެއްޖެނަމަ ޒުވާނުން ބޭނުންވާ، އުއްމީދުކުރާ ހުރިހާ ކަމެއް ފުރިހަމަވާނެ- ރައީސް ޔާމީން

17:32 - އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން ރާއްޖެއަށް އާމްދަނީގެ ގޮތުގައި 82 ބިލިއަން ރުފިޔާ ލިބިގެންދާނެ- ރައީސް ޔާމީން

17:28 - ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ކުރި މަސައްކަތް ފާހަގަކޮށް، ޝުކުރުއަދާކުރަން - ރައީސް ޔާމީން

17:22 - މިއީ ޝަރަފުވެރިވާންޖެހޭ ރަންވޭއެއް - ރައީސް ޔާމީން

17:22 - އަމާޒު ހިފަންވީ ކުޅިވަރުގެ ރޮނގުން މިސަރަހައްދު ދޫކޮށް، އެހެން ސަރަޙައްދުތަކުގެ ޤައުމުތަކާ ވާދަކުރަން - ރައީސް ޔާމީން

17:19 - ކޯޑް- އެފް ރަންވޭއެއް އެޅުމަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް - ރައީސް ޔާމީން

17:17 - މިއީ ދުވަހަކުވެސް ހަނދާން ނެތޭނެ ކާމިޔާބެއް ނޫން - ރައީސް ޔާމީން

17:15 - ޒުވާނުންނަށް ކަންކަން ފަހިކޮށްދީފިނަމަ، ރާއްޖެއަށް ރީތި ނަން ހޯދައިދޭނެކަން ޤައުމީ ޓީމުގެ ކުޅުންތެރިން ސާބިތުކޮށްދީފި- ރައީސް ޔާމީން

17:14 - ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފަށްޓަވައިފި.

17:13 - އާ ރަންވޭ ހުޅުވުމުގެ މުނާސަބަތުގައި އެމްއޭސީއެލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ކޮޕަރޭޓް ހަދިޔާއެއް އަރުވައިފި.

17:05 - ޖީއެމްއާރު އޮތް އިރު އެއަރޕޯޓަށް އާމްދަނީގެ ގޮތުގައި ލިބެނީ 15 މިލިއަން ރުފިޔާ.. މިހާރު އާމްދަނީގެ ގޮތުގައި 1000 މިލިއަން ޑޮލަރު ލިބޭ - އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ

17:03 - ކުރީގެ ސަރުކާރުތަކުން އެއަރޕޯޓު ތަރައްޤީކުރުމަށް ހޭދަކޮށްފައިވަނީ 95 މިލިއަން ޑޮލަރު. މިސަރުކާރުން ވަނީ 1000 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ފަށްޓަވާފައި - އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ

17:01 - ރައީސް ޔާމީންގެ ސަރުކާރަކީ އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއަރޕޯޓަށް އެންމެ ބޮޑު ތަރައްޤީ ގެނެސްދިން ސަރުކާރު - އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ

15:52 - ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު ފެށިއްޖެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުވުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ. މިރަސްމިއްޔާތުގައި ޤައުމީ ޓީމުގެ ކުޅުންތެރިންވެސް ބައިވެރިވާނެ.

15:49 - ޤައުމީ ޓީމަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު ޖަމާވެފައިވާއިރު ސައިކަލުތަކުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ބުރުޖަހަމުން. މިހަރަކާތުގައި ކުދި ބޮޑު ހުރިހާ އުމުރުފުރައެއްގެ މީހުން ދަނީ ބައިވެރިވަމުން.

ޤައުމީ ޓީމަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު ވަނީ ޖަމާވެފައި

15:40 - ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުވުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ. މިރަސްމިއްޔާތުގައި ޤައުމީ ޓީމުގެ ކުޅުންތެރިންވެސް ބައިވެރިވާނެ.

15:37 - ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ދެން ކުރިއަށްދާނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުވުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތު.

15:35 - ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤައުމީ ޓީމަށް މަރުހަބާ ކިޔުމަށް ޚާއްސަ ހަރަކާތްތަކެއް ދަނީ ކުރިއަށް.

ރައީސުލްޖުމްހޫރިއްޔާ ޤައުމީ ޓީމަށް މަރުހަބާ ދެންނެވުން

15:26 - ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން މިހާރު ގެންދަވަނީ، ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވަމުން.

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޤައުމީ ޓީމުގެ ކުޅުންތެރިން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވާ، އެމަނިކުފާނަށް ސާފް ސުޒުކީ ކަޕްގެ ތަށި އަރުވައިފި.

15:22 - ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޤައުމީ ޓީމުގެ ކުޅުންތެރިން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވާ، އެމަނިކުފާނަށް ސާފް ސުޒުކީ ކަޕްގެ ތަށި އަރުވައިފި.

15:11 - ސިފައިންގެ ޕެރަޖަމްޕާސް ވައި ކުޑަގައި ފުންމާލުމުގެ ހަރަކާތްތަކެއް ދަނީ ކުރިއަށް. މިމަންޒަރު ބެލުމަށް އެތައް ހާސް ބަޔަކު ވަނީ ޖަމާވެފައި

15:10 - ޤައުމީ ޓީމަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު ވަނީ ސިނަމާލެ ބުރިޖަށް ޖަމާވެފައި.

15:49- ވައިގެ އުދުހުންތަކުގައި ބޭނުންކުރާ އެންމެ ބިޔަ މަތިންދާބޯޓުކަމަށްވާ އޭތުރީ އެއިޓީ މަރުކާގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އަލަށް އަޅާފައިވާ ކޯޑު- އެފް ރަންވޭ ރަސްމީގޮތުން ހުޅުވައިފި.

15:46 : ޤައުމީ ޓީމު ރާއްޖެ އަންނަ އިއްތިޙާދު އެއަރވޭސްގެ އޭ ތުރީ އެއިޓީ މަރުކާރުގެ މަތިންދާބޯޓު، ކުޑައިރުކޮޅެއްގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގައި ޖައްސާނެ.

15:37 - ޤައުމީ ޓީމަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ސިނަމާލެ ބުރިޖު ސަރަޙައްދަށް ޖަމާވަމުން.

15:33 - ޤައުމީ ޓީމު ރާއްޖެ އަންނަ އިއްތިޙާދު އެއަރވޭސްގެ އޭ ތުރީ އެއިޓީ މަރުކާރުގެ މަތިންދާބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭއަށް ޖެއްސުމުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާ ޢަބްދުލްޤައްޔޫމް ދެއްވައިފި.

15:31 - ޤައުމީ ޓީމަށް މަރުހަބާ ކިޔުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބާއްވާ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަޑައިގަންނަވައިފި.

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުވުމަށް ކުލަގަދަ ހަރަކާތްތަކެއް ވަނީ ރާވާފައި. މިހަރަކާތްތަކުގެ ތަފްސީލް މަޢުލޫމާތުތަކާއި މަންޒަރުތަކާއި އަޑުތައް ވަގުތުން ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެ.