ޚަބަރު

ގުއާޓެމާލާއަށް މިނިވަންދުވަހުގެ ތަހުނިޔާ ސަރުކާރުން ފޮނުއްވައިފި


ގުއާޓެމާލާގެ މިނިވަން ދުވަހު ގެ މުނާޞަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުޙައްމަދު އާސިމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމް ތަހުނިޔާ ގެ މެސެޖު ފޮނުއްވީ ގުއާޓެމާލާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ސެންޑްރާ އެރިކާ ޖޮވެލް ޕޮލަންއަށެވެ. މިނިސްޓަރު ގެ މެސެޖުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ރާއްޖޭ ގެ ސަރުކާރާއި ރައްޔިތުން ގެ ނަމުގައާއި އެ މަނިކުފާނު ގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.

މީގެ އިތުރުން އެ ޤައުމުގެ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދި، މުސްތަޤުބަލުގައި ގުއާޓެމާލާއަށް އިތުރު ކާމިޔާބީތަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ މަނިކުފާނުގެ މެސެޖުގައިވެއެވެ.

ދިވެހިރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1997 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

މިއަދަކީ ރިޕަބްލިކް އޮފް ގުއާޓެމާލާގެ 197 ވަނަ މިނިވަން ދުވަހެވެ. ގުއާޓެމާލާއަށް މިނިވަންކަން ލިބުނީ 15 ސެޕްޓެމްބަރު 1821 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހެވެ.