ޚަބަރު

ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއަރޓަރގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


މާލެ ސިޓީގައިހުންނަ ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި ލޭބަރ ކުއާޓާގައި ނިދާފައިތިބި ހަތަރު ބިދޭސީއަކަށް އަނިޔާވެގެން މޯލްޑިވްސް ރެޑްކްރޮސެންޓުގެ އެހީގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ލޭބަރ ކުއާޓަރގެ ދެބުރި އިމާރާތަށް ބޮޑެތި ގެލުންތަކެއް ލިބިފައިވާއިރު، އެއިމާރާތާ އިންވެގެންހުރި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޕޮލިސް ޓޯވ ޔާރޑަށްވެސް ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ މެންދަމު 03:08 ހާއިރުއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ އިމާރާތުގައި ރޯވެފައިވާ އަލިފާން ނިއްވާލާފައިވަނީ މެންދަމު 03:38 ގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ތަހުޤީޤު ކުރަމުންނެވެ.