ޚަބަރު

މީދުއާއި ހިތަދުއާ ދޭތެރޭ ބުރިޖެއް އަޅައިދޭނަން- ރައީސް ޔާމީން


އައްޑޫ ސިޓީ މީދޫއާއި ހިތަދޫއާ ދޭތެރޭ ބުރިޖެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުޅުމީދޫގައި ސަރުކާރުން ކުރިއަށްގެންގޮސްފައިވާ 5 މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މާލެއާއި ހުޅުލެއާ ގުޅުވާލާފައިވާގޮތަށް މީދޫއާއި ހިތަދޫއާ ދޭތެރޭ ބްރިޖެއް އަޅައިދޭނެކަމަށާ، އެކަން ކުރުމަކީ އެމަނިކުފާނަށް ދަތި ކަމެއް ނޫންކަމަށެވެ. އަދި މި ބްރިޖާއެކު އެ ސަރަހައްދުގެ ރަށްތައް ގުޅިގެންދާނެކަން ރައީސް ވަނީ ފާހަގަކޮށްދެއްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންނަށް އުންމީދު ގެނެސްދޭ އަދި ރައްޔިތުންނަށް ހުވަފެން ދައްކަން ބޭނުންވާ މީހެއްކަމަށާ، ނަމަވެސް ރައްޔިތުން އެ ހުވަފެން މަތިން ހަނދާން ނެތުމުގެ ކުރިން މިހާތަނަށް އެ ހުވަފެންތައް ހަޤީޤަތަކަށް ހަދައި ދީފައިވާނެ ކަމަށެވެ.