ޚަބަރު

ކުރީގެރައީސް ނަޝީދު އައްޑޫ ސިޓީއަކަށް ހެދީ ނަމެއްގައި - މިނިސްޓަރ ޠާރިޤު


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީއަށް، ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނަމެއްގައި ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ މަޝްރޫޢުގެ ކާމިޔާބީ ފަހަގަކުރެއްވުމަށް، ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވީ، އައްޑޫ ސިޓީއަށް ސިޓީއެއްގެ، ނަން ނަމެއްގައި ދިނުމަށްފަހު އެސިޓީގައި ޢާންމު ޚިދްމަތްތައް ޤާއިމުކޮށްދީފައި ނުވާކަމަށާ، އެސިޓީގެ ތަރައްޤީއަށް އެދެވޭމަސައްކަތްތަކެއް ކުރައްވާފައިވަނީ މިސަރުކާރުންކަމަށެވެ.

މީގެއިތުރުން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އައްޑޫ ސިޓީ ހުޅުދޫގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ކަމަށް ބުނެ ކުރި މުޢާމަލާތްތަކަށް މިނިސްޓަރ ޠާރިޤުވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ ޠާރިޤު ވިދާޅުވީ އައްޑޫ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއި އެރައްޔިތުން ބޭރުންކަންވާކަންކަން ތަރައްޤީކޮށްދެއްވީ މިސަރުކާރުންކަމަށާ، އައްޑޫއަށް ތަރައްޤީ ގެނައުމުގައި ކުރީގެ ސަރުކާރުތައް ފެއިލްވެފައިވާކަމަށެވެ. އަދި ތަރައްޤީގެ ނަމުގައި ނަޝީދުގެ ވެރިކަމުގައި ހިންގި އެކި ކަންކަމުގައި ވީނުވީއެއް ނޭނގި ގެއްލުނު ފައިސާއަށް ވީގޮތް އެފަރަތްތަކުން ބުނެދޭންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.