ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ހުޅުމީދޫއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައްޑޫ ސިޓީ ހުޅުމީދޫއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ހުޅުދުއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު އެތައްހާސް ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

އެމަނިކުފާނުގެ އިސްތިޤުބާލުގައި ތިބި އެކި އުމުރާގެ އެތައްހާސް މީހުންނާ އެމަނިކުފާނު މިހާރު ގެންދަވަނީ ސަލާމްކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހުޅުމީދޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި ޢިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ. އަދި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވައި، ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.