ޚަބަރު

ޤައުމީ ޓީމް ފައިނަލަށް ދިއުމުން ރައީސް މަރުޙަބާ ވިދާޅުވެއްޖެ


ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލަށް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ދަތުރު ކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސާފް ސުޒުކީ ކަޕްގެ ފައިނަލުން ރާއްޖެ ޖާގަހޯދާފައިވަނީ މިއަދު ދިވެހިރާއްޖެއާއި ނޭޕާލް ބައްދަލުކުރި މުބާރާތަކުގެ ސެމީފައިނަލް މެޗް 0-3 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވުމާ ގުޅިގެންނެވެ. މިމެޗުގައި ދިވެހި ޓީމްގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން އަކްރަމް އަބްދުލް ޣަނީއާއި، އިބްރާހިމް ވަޙީދު ޙަސަނެވެ. މި މެޗު ނިމުނުތާ އިރުކޮޅެއްފަހުން ރައީސުލްޖުމްހޫރިއްޔާވަނީ ޓީމް ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ، އުފަލުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމުގެ އާ ކޯޗު ޓީމު އަލުން އެކުލަވާލިފަހުން ޤައުމީ ޓީމާ ބައްދަލުކޮށް ހިތްވަރު ދެއްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކުގެ އަގު ސަރުކާރުން ގެންދަނީ ވަޒަންކުރަމުންނެވެ.