ޚަބަރު

ސާފް ސުޒުކީ ކަޕްގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފި


ސަރަޙައްދީ ފެންވަރުގައި ކުޅޭ ސާފް ސުޒުކީ ކަޕްގެ ފައިނަލަށް ނުވަ އަހަރަށްފަހު ދިވެހިރާއްޖެ ދަތުރުކޮށްފިއެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕްގެ ފައިނަލަށް ދިވެހިރާއްޖެ ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީފައިނަލް މެޗުގައި ތިނެއް ސުމަކުން ނޭޕާލް ބަލިކޮށްގެނެވެ.

މިމެޗުގައި ދިވެހި ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަކްރަމް އަބްދުލް ޣަނީއެވެ.

އެކެއް ސުމަކުން ކުރީގައި އޮވެ ކުޅެމުންދަނިކޮށް މެޗުގެ ހަތާވީސް ވަނަ މިނެޓުގައި މާބޮޑަށް ވިއްސާރަވެ ގުގުރަން ފެށުމުން މިމެޗު ވަނީ މެދު ކަނޑާލާފައެވެ. މެޗު އަލުން ފެށީ އޭގެ ފަނަރަވަނަ މިނެޓް ފަހުން.
މެޗުގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ. އަދި ދެވަނަ ހާފުގައިވެސް އިތުރު ލަނޑެއް ނުފެނި މެދު ނިމެންދަނިކޮށް ދިވެހި ޓީމުން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދް ހަސަންއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސާދަ ވަނަ ދުވަހުއެވެ.