ޚަބަރު

ރައީސް ޔާމީން ލ.މާބައިދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލ.މާބައިދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ޔާމީން މާބައިދޫގެ ބަނދަރު ހުޅުއްވައިދެއްވީ އެމަނިކުފާނު ލ. އަތޮޅަށް ކުުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގެންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއަށް ދައުލަތުގެ ބަޖެޓުން 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މާބައިދޫގައި ތަރައްޤީކޮށްފައިވާ ބަނދަރަކީ 700 ފޫޓު ދިގު، 280 ފޫޓު ފުޅާ ބަނދަރެކެވެ.

ސަތޭކަ ތޭރަ މީޓަރުގެ ބޭރުތޮއްޓަކާއެކު ޤާއިމްކޮށްފައިވާ މި ބަނދަރުގައި 369 މީޓަރުގެ އެއްގަމު ތޮއްޓެއްވެސްވަނީ ލާފައެވެ. ރޭގަނޑުވެސް ބޭނުންކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ މިބަނދަރުގައި 254 މީޓަރުގެ ނެރެއްވެސް ވަނީ ކަނޑާފައެވެ.