ޢާއްމު ދަތުރުފަތުރުކުރުމަށް ސިނަމާލެ ބުރިޖް ރަސްމީކޮށް ހުޅުވާލައިފިއެވެ. މިއަދު ހަވީރު ހަތަރެއް ޖެހިއިރު، ބުރިޖް އާއްމުންނަށް ރަސްމީކޮށް ހުޅުވާލުމާއެކު، އެތައްބަޔަކުދަނީ ބްރިޖުން ދަތުރުކޮށް ހުޅުމާލެއާއި މާލެއާދެމެދު ދަތުރުކުރަމުންނެވެ.
ސިނަމާލެ ބުރިޖް މިއަދު ހަވީރު އާއްމު ދަތުރުފަތުރުކުރުމަށް ހުޅުވާލިއިރު ބުރިޖާ ގުޅިގެން ތަރައްޤީކުރި ރިންގް ރޯޑްވެސް ވަނީ ޢާއްމު ދަތުރުފަތުރު ކުރުމަށް ހުޅުވާލާފައެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއްމަޝްރޫޢުކަމަށްވާ ސިނަމާލޭ ބުރިޖް ރަސްމީކޮށް ހުޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ސިނަމާލެ ބުރިޖް ރަސްމީކޮށް ހުޅުވުމާ ގުޅިގެން އެކަމުގެ އުފަލުގައި ހަފްތާއެއް ވަންދެން އެކި ކަހަލަ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.