ޚަބަރު

ދަނގެތީ ބަނދަރު ރަސްމީކޮށް ހުޅުވައިފި


އދ.ދަނގެތީގައި އަލަށް ތަރައްޤީކޮށްފައިވާ ބަނދަރު ރަސްމީކޮށް ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ.

ދައުލަތުގެ ބަޖެޓުން ސާޅީސް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މިބަނދަރަކީ ހަތްސަތޭކަ ފޫޓު ދިގު ތިންސަތޭކަ ފޫޓު ފުޅާ ބަނދަރެކެވެ. ދުއިސައްތަ އަށްޑިހަ މީޓަރުގެ އެއްގަމު ތޮއްޓެއް މިމަޝްރޫޢުގެ ދަށުން ދަނގެތީގައިވަނީ އަޅާފައެވެ. މިމަޝްރޫޢުގެ މަސައްކަތް 2014 އަހަރުގެ އޮގަސްޓް މަހު ފައްޓަވާދެއްވާފައިވަނީ ރައިސް ޔާމީނެވެ.

އަދި މިމަޝްރޫޢުގެ މަސައްކަތް ނިމިފައިވަނީ މިއަހަރުގެ މޭމަހުއެވެ. އެމްޓީސީސީއާއި ޙަވާލުކޮށްގެން ތަރައްޤީކޮށްފައިވާ މިބަނދަރަކީ ސަރުކާރުން ހިންގާ "10 ހަބަރ ޕްރޮޖެކްޓް"ގެ ދަށުން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގި 10 ބަނދަރު ހެދުމާއި މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ހެދި ބަނދަރެއް.