ޚަބަރު

ދެހާސް ފަނަރަ ވަނަ އަހަރު ގދ.ތިނަދޫގައި ބިން ހިއްކުމުގެ މަޝްރޫޢު ފަށާނެ



 
ދެހާސް ފަނަރަ ވަނަ އަހަރު ގދ.ތިނަދޫގައި ބިން ހިއްކުމުގެ މަޝްރޫޢު ފަށާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
 
 


ތިނަދޫއަކީ ބިން ބޭނުންވާ ރަށެއް ކަމަށާއި ތިނަދޫގެ ފަޅުގައި ބިންބޮޑުކުރެވޭނެ ޖާގަ އެއޮތްކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުން ފުރަތަމަ ވިސްނާފައިވަނީ 55 ހެކްޓަރުގެ ބިން ހިއްކުމަށް ކަމަށާއި އެބިން ދޫކޮށްނުލާ ބިންތައް ތަރައްޤީކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ އިސްނެގުމުގެ މަތީން ފިނޭންސް މިނިސްޓްރީއާއި ގުޅިގެން މިހާރުވެސް ބިން ތަރައްޤިކުރުމާ ބެހޭ ޕްރްޕޯސަލްއެއް ތައްޔާރުކޮށްފައިވާ ކަމަށާއި އެޕްރޮޕޯސަލަކީ ޓައުންޝިޕް ޑިވެލޮޕްމެންޓްގެ ގޮތަށް ބިން ތަރައްޤީކޮށް ޢާބާދީއަކަށް ބޭނުންވާ ހުރިހާ ޢުމްރާނީ މަސައްކަތްތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
 
އަދި ބިން ހިއްކުމަށް ބޭރުގެ އެހީ ހޯދުމަށް އެޕްރޮޕޯސަލް ފޮނުވުމަށްޓަކާ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލަށް އެޕްރޮޕޯސަލް ފޮނުވާފައިވާ ކަމަށާ އެކައުންސިލުން އެޕްރޫވް ކުރިހާ އަވަހަކަށް ބޭރުގެ އެހީ ހޯދުމަށް ފޮނުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.