ޚަބަރު

ތިލަދުންމަތީ އުތުރުބުރީ ބާރަށު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތްތައް ފަށައިފި



 
ތިލަދުންމަތީ އުތުރުބުރީ ބާރަށު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.
 
މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމް ޓީ ހޯގާޑް ކުންފުންޏާއި ހަވާލާދީ ބާރަށު ކައުންސިލުން ބުނީ ބަނދަރުގެ އީއައިއޭ ހަދާ ނިމިފައިވާ ކަމަށާއި، ބަނދަރުގެ ޖެޓީގެ ބައިތައް ހެދުމުގެ މަސައްކަތް ތިލަފުށީގައި ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޖެޓީގެ ބައިތައް ގެނައުމުގެ ކުރިން ބަނދަރު ހަދާ ސަރަހައްދުގެ ހޭޅިފަށް ސާފުކުރުމުގެ މަސައްކަތް ކަމަށްވެސް ބާރަށު ކައުންސިލުން މައުލޫމާތުދެއެވެ.  ބާރަށު ބަނދަރު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ  ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ޔޮޓް މެރީނާއާއެކުއެވެ.
 
މި މަޝްރޫއަށް ސަރުކާރުގެ ބަޖެޓުން 22 މިލިއަން ރުފިޔާ ޚަރަދުވާއިރު، ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ބާރަށު ބަނދަރު ޕްރޮޖެކްޓަކީ ރާއްޖޭގެ އެހެނިހެން ބަނދަރުތަކާއި ހިލާފަށް، ކުރިއަށްދާ މަޝްރޫއެއް ކަމަށާއި، މި މަޝްރޫއުގައި ކަނޑުތޮށި ނުހިމެނޭނެކަމަވެ. 
 
 


މި މަސައްކަތް ހަވާލުކޮށްފައިވާ އެމް.ޓީ ހޯގާޑަށް މަސައްކަތް ނިންމުމަށް ދީފައިވަނީ ދުއި ސައްތަ ފަސްދޮޅަށް ދުވަހެވެ.