ޚަބަރު

ނައިފަރުގެ ބަނދަރު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފި


ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް ޅ.ނައިފަރުގެ ބަނދަރު ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފިއެވެ.

މިބަނދަރަކީ ރާއްޖޭގައި މިހާތަނަށް ތަރައްްީކޮށްފައިވާ އެންމެ ބޮޑު ބަނދަރެވެ. ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގެ ފުރަތަމަ ފޭސްއަށް ހަތްދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ފޭސްގައި ބޮޑު ހިލައިގެން ހަތްދިހަ މީޓަރުގެ ތޮއްޓެއް ޖަހާފައިވާއިރު ބަނދަރާ ދިމާއިން އެއްގަމުގައި ތިންހާސް ސްކޮޔަރ މީޓަރުގެ ޕޭވްމެންޓެއްވެސް ވަނީ އަޅާފައެވެ.

ހަމައެއާއެކު ތިންސަތޭކަ ފަންސާސް މީޓަރުގެ ބޭރުތޮއްޓެއްވަނީ ފުރަތަމަ ފޭސްގައި ލާފައި. އަދި މި މަޝްރޫޢުގެ ދެނަވަ ފޭސްގެ ތެރެއެިންވަނީ ހަތަރު ސަތޭކަ މީޓަރުގެ ބޭރުތޮއްޓެއްލާ ބަނދަރު އިތުރަށް ފުޅާކޮށްފައެވެ. އަދި މިމަޝްރޫޢުގެ ތެރެއިން ތިރީސް މީޓަރުގެ ނެރެއްކެނދުމަށްފަހު ނެރުބައްތިއާއި ބަނދަރު އަލިކުރުމަށްވަނީ ލައިޓް ޖަހާފައެވެ.