ޚަބަރު

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ، ޗައިނާގެ މަންދޫބާއި ރައީސް ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި އިސް މަންދޫބާއި ބައްދަލުކުރައްވައިފިއެވެ.

ސިނަމާލެ ބުރިޖްހުޅުވުން މިރޭ ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިހަރަކާތުގައި ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވާނެކަން ސަރުކާރުން ވަނީ ކުރިން ހާމަކުރައްވާފައެވެ. ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެވަޑައިގެންފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވަލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ވޭންގ ޝިއާޓޯ އެވެ. މީގެ އިތުރުން ޗައިނާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންތަކެއްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންފައިވެއެވެ.

ސިނަމާލެ ބުރިޖްހުޅުވުމުގެ ރަސްމިއްޔާތު މިރޭ ކުލަގަދަކޮށް ބޭއްވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.