ޚަބަރު

އިހަވަންދޫ ހެލްތު ސެންޓަރަށް ސްކޭން މެޝިނެއް ލިބުން ފާހަގަކޮށްފި


ހއ. އިހަވަންދޫ ހެލްތު ސެންޓަރަށް ސްކޭން މެޝިނެއް ސަރުކާރުން ފޯރުކޮށްދިނުން ފާހަގަކޮށް، އެރަށުގައި ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

މިހަރަކާތުގައި އިހަވަންދޫގެ ހާހަކާ ގާތްކުރާ އަދަކަށް މީހުން ބައިވެރިވެފައިވާއިރު އެމީހުން ވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކޮށް، ޝުޢޫރު ފާޅުކޮށްފައެވެ.

ހަރަކާތުގައި ބައިވެރިވި މީހުން ބުނީ އަބަދުވެސް ފަންސާހަކަށް މާބަނޑު މީހުން ރަށުގައި އުޅޭއިރު، ސްކޭން ކުރަން ކަނޑުދަތުރުކޮށް ދުރު ރަށްރަށަށް ދާންޖެހުމަކީ ބޮޑު ތަކުލީފެއްކަމަށެވެ.. އެހެންކަމުން ސްކޭން މެޝިނެއް ލިބުމަކީ ވަރަށް ބޮޑު ފަޞޭހައެއް ވެގެންދާނޭކަން އެމީހުން ފާހަގަކުރިއެވެ. އަދި މިކަމުގައި ރައީސް އަރިހުން އެދުނުތާ މަހެއްވެސް ނުވަނީސް މިކަން ފުރިހަމަވުމަކީ އިހަވަންދޫ ރައްޔިތުން ވަރަށް ބޮޑަށް ފާހަގަކުރާ ކަމެއްކަން އިހަވަންދޫ ރައްޔިތުން ބުނެއެވެ.

އިހަވަންދޫގައި ބޭއްވި ހަރަކާތުގައި އެކި އުމުރުފުރައިގެ މީހުން ބައިވެރިވިއިރު، މިހަރަކާތުގެ ތެރެއިން ސައިކަލު ބުރެއްވެސް ކުރިއަށްދިޔައެވެ.