ޚަބަރު

ފަރަހިިކި ޗެލެންޖް 2018ގެ މީޑިއާ ޕާޓްނަރަކަށް ޔެސް ޓީވީ ހަމަޖައްސައިފި


ލ. އަތޮޅުގައި އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ ފުރަތަމަ ރާޅާ އެޅުމުގެ މުބާރާތް "ފަރަހިކި ޗެލެންޖު"ގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާގެ، ޔެސް ޓީ.ވީ ހަމަޖައްސައިފިއެވެ.

ހެވީ ލޯޑް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ލ. އަތޮޅުގައި ބާއްވާ ފަރަހިކި ޗެލެންޖް ދެހާސް އަށާރައިގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޔެސް ޓީ.ވީ ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ހެވީ ލޯޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ މާހިން މޫސާއެވެ. މިއެއްބަސްވުމުގައި ޔެސް ޓީ.ވީގެ ފަރާތުން ސޮއިކުރެއްވީ ޔެސް ޓީ.ވީގެ މެނޭޖަރ މުހައްމަދު ސޯދިޤްއެވެ.

މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި 46 ރާޅާއެޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ހެވީ ލޯޑްގެ މޯލްޑިވްސްގެ ޑިރެކްޓަރ މާހިން މޫސާ ވިދާޅުވި ގޮތުގައި މިމުބާރާތުގައި ގިނައިން ބައިވެރިވެފައިވަނީ އަތޮޅު ތެރޭގެ ރާޅާއެޅުންތެރިންނާއި މުޅިން އަލަށް މުބާރާތެއްގައި ވާދަކުރާ ރާޅާއެޅުންތެރިންކަމަށެވެ. އަދި ލ އަތޮޅުގައި މުބާރާތް ބާއްވަނީ ގިނަ އަދަދެއްގެ ޒުވާނުން ލ. އަތޮޅުގައި ރާޅާއަޅަމުންދިއުމާއެކު އެކުދިންނަށް ފުރުސަތުތަކެއް ފަހިކޮށްދިނުމަށްކަމަށް މާހިން މޫސާ ވިދާޅުވިއެވެ.

ޔެސް. ޓީ.ވީގެ މެނޭޖަރ މުހައްމަދު ޞާދިޤް ވިދާޅުވީ ޔެސް. ޓީ.ވީގެ އަމާޒަކީ ޒުވާނުންނާއި ގުޅުންހުރި ގިނަ ހަރަކާތްތައް ގެނެސްދީ ޒުވާނުންނަށް އޮތް ފުރުސަތުތައް އަންގައިދިނުން ކަމަށެވެ. އަދި ފަރިހިކި ރާޅާއެޅުމުގެ މުބާރާތުގެ ވަރަށް ފުރިހަމަ ކަވަރޭޖެއް ގެނެސްދިނުމަށް ޔެސް ޓީވީން މަސައްކަތް ކުރާނެ ކަމަށްވެސް ޞާދިޤް ވިދާޅުވިއެވެ.

ފަރަހިކި ޗެލެންޖާއެކު ލާމު އަތޮޅުގައި ހުޅުވަން ތައްޔާރުވަމުންދާ ހެވީ ލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ މޯ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހުޅުވުމަށް ތައްޔާރުވަމުންދާ ރަހާ ރިސޯޓް މޯލްޑިވްސް ޕްރޮމޯޓްކުރުން ހިމެނޭކަމަށްވެސް ހެވީލޯޑް މޯލްޑިވްސްއިން ބުނެއެވެ.