ޚަބަރު

ރައީސް ޔާމީން ތ. ގުރައިދޫއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮޅުމަޑުލު ގުރައިދޫއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގުރައިދުއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގުރައިދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޔާމީންގެ މި ދަތުރުފުޅަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމުގެގޮތުން ކުރައްވާ ދަތުރުފުޅެކެވެ.