ޚަބަރު

ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި 9 ރަށެއްގެ ބަނދަރުގެ މަސައްކަތް





 


ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި  9ރަށެއްގެ ބަނދަރުހެދުމުގެ މަސައްކަތް ފައްޓަވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާލުވެއްޖެއެވެ.


 
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ބާވީސް ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ހިމަނާފައިވީ ނަމަވެސް ބަޖެޓުގައި ފައިސާ ހިމަނާފައިވަނީ ދިހަ ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރެވޭ ވަރަށް ކަމަށެވެ. އެހެންކަމުން އެ ދިހަ ރަށުގެ ބަނދަރު މަސައްކަތް މިދިޔަ ފެބްރުއަރީ މަހު އެމްޓިސީސސީއާ ހަވާލުކޮށް ފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


 
 


މަސައްކަތް ފަށާފައިވާ ތިރީސް ރަށުގެ ބަނދަރުގެ ތެރެއިން ބައެއް ރަށްރަށުގެ މަސައްކަތް މަޑުޖެހިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެރަށްރަގެ ބަނދަރުގެ މަސައްކަތް މަޑުޖެހިފައިވަނީ ބޮޑުހިލަ ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށެވެ.   ނަމަވެސް ބޮޑު ހިލަ ސަޕްލައި ކުރެވެމުންދާ މިންވަރަކުން އެރަށްރަށުގެ މަސައްކަތްވެސް ފައްޓަވާނެކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.