ޚަބަރު

ރޮބޮޓް އޮލިމްޕިކްސް މުބާރާތުން ރާއްޖޭގެ ޓީމަށް 2ވަނަ ލިބިއްޖެ


175 ޤައުމަށްވުރެ ގިނަ ޤައުމުން ބައިވެރިވި ދުނިޔޭގެ އެންމެބޮޑު ރޮބޮޓް އޮލިމްޕިކްސް މުބާރާތް "ފަސްޓް ގްލޯބް ޗެލެންޖް 2018"ގައި ބައިވެރިވި ދިވެހިރާއްޖެ ހިމެނޭ ޓީމު، މުޅި މުބާރާތުން 2 ވަނަ ހޯދައިފިއެވެ.

މި މުބާރާތަކީ ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ޙައްލުކުރުމަށް ކުރެވިދާނެކަންކަމަށް ޒުވާނުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ މުބާރާތެކެވެ.

"ފަސްޓް ގްލޯބް ޗެލެންޖް 2018" ޢަމާޒުކޮށްފައިވަނީ ސައިންސާއި ޓެކްނޮލޮޖީއާއި ހިސާބު ޢިލްމު ބޭނުންކޮށްގެން ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް އުފެއްދިދާނެ ޢީޖާދުތަކާއި ގުޅޭގޮތުންނެވެ. މިމުބާރާތުގައި ރާއްޖެއިން ވާދަކުރި ޓީމުން ހެދި ރޮބަޓަކީ އިންސާނުންގެ ބާރާއިނުލާ އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއިއެކު ތަކެތި އުފުލޭގޮތަށް ތައްޔާރުކުރި ރޮބަޓެކެވެ.

މިމަމުގެ ސޯޅައިން އަށާރައަށް ކުރިއަށްދިޔަ މުބާރާތުގައި ދުނިޔޭގެ އެކި ޤައުމުތަައް ހިމެނޭގޮތަށް 175 ޤައުމަށްވުރެ ގިނަ ޤައުމުން ބައިވެރިވެފައިވެއެވެ. މިމުބާރާތުގައި ރާއްޖެއިން ބައިވެރިވަފައިވަނީ، އައިޝަތް ރިދާ (15 އަހަރު)، ހަސަން ނާސިޙް އަބްދުﷲ (17އަަހަރު) އަދި މުޙައްމަދު ޔަމީން ޔޫޝައު، (15 އަހަރު).

މި މުބާރާތުގައި ރާއްޖެއާ އެއް ޓީމެއްގައި ވާދަކޮށްފައިވަނީ އައިސްލޭންޑާއި ކޮލަމްބިއާއެވެ. ނޮކްއައުޓް ރައުންޑުން ރާއްޖެ ފައިނަލަށް ދިޔައީ ޑެންމާކް، އެމެރިކާ އަދި ސެނަގްލްގެ ޓީމް ބަލިކޮށްގެނެވެ. ފައިނަލް މެޗުގައި ރާއްޖެއިން ވާދަކުރީ ރޮމޭނިއާ، ސިންގަޕޯރ، ޖަރމަނީ ހިމެނޭ ޓީމާއެކުއެވެ. މިޓީމު މުބާރާތުން އެއްވަނަ ހޯދީ ރާއްޖެ ހިމެނުނު ޓީމަށްވުރެ 237 ޕޮއިންޓް ކުރީގައި އޮވެގެނެވެ.