ޚަބަރު

ހައިކޯޓްގެ އިސްފަނޑިޔާރު ކަމަށް ޝުޖާޢު އުޘްމާން އައްޔަންކޮށްފި


ހައިކޯޓްގެ އިސްފަނޑިޔާރުކަމަށް އެކޯޓްގެ ފަނޑިޔާރު ޝުޖާޢު އުޘްމާން އަންޔަންކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ ހައިކޯޓްގެ އިސްފަނޑިޔާރުކަމަށް ޝުޖާޢު އުޘްމާން އައްޔަންކުރުމަށް އެކޮމިޝަންގެ މިއަދުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާކަމަށެވެ.

ހައިކޯޓްގެ ފަނޑިޔާރު ޝުޖާޢު އުޘްމާނަކީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހައިކޯޓްގެ ފަނޑިޔާރެކެވެ. ޝުޖާޢު އުޘްމާން މީގެކުރިން ވަނީ ކްރިމިނަލް ކޯޓްގެ ޤާޟީކަންވެސް ކުރައްވާފައެވެ.

ހައިކޯޓަށް އިސްފަނޑިޔާރަކު އައްޔަންކޮށްފައިވަނީ އެކޯޓްގެ އިސްފަނޑިޔާރުގެ މަޤާމުގައި ހުންނަވި ފަނޑިޔާރު ޢަބްދުﷲ ދީދީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާގުޅިގެންނެވެ.