ޚަބަރު

އެވިޑް ކޮލެޖްގެ ކޯސްތައް ބައިނަލްއަޤްވާމީ މިންގަނޑަށް ފެއްތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި


އެވިޑް ކޮލެޖްގެ ކޯސްތައް ބައިނަލްއަޤްވާމީ މިންގަނޑަށް ފެއްތުމަށް ލަންޑަން އެގްޒެމިނޭޝަން ބޯޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެވިޑް ކޮލެޖާ ލަންޑަން އެގްޒަމިނޭޝަން ބޯޑާއެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އެކޮލެޖްގައި ހިނގާ ޑިގްރީ ކޯސްތަކާއި މާސްޓާރސް ކޯސްތަކާއި އަދި ބެޗްލާރސް ކޯސްތަކަށް ލަންޑަން އެގްޒަމިނޭޝަން ބޯރޑުން އެންޑޯރސްމެންޓް ލިބިގެންދާނެކަމަށް އެކޮލެޖުން ބުނެއެވެ. އަދި މީގެފަހުން އެކޮލެޖުން ދަސްވެނިވާ ދަރިވަރުންނަށް ލިބޭ ސެޓްފިކެޓް ވެގެންދާނީ ލަންޑަން އެގްޒަމނޭޝަންއިން ހަދާ ކޯސްތަކާއި އެއް ފެންވަރެއްގެ ސެޓްފިކެޓަކަށް ކަމަށްވެސް އެކޮލެޖުން މަޢުލޫމާތުދެއެވެ.

ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަވަމުން އެވިޑް ކޮލެޖްގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމެންޓް ޙުސެއިން ޢާލިމް ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން އެވިޑް ކޮލެޖްގެ ދަރިވަރުންނަށް ލިބޭ ސެޓްފިކެޓްތައް އިނގިރޭސިވިލާތާއި ކޮމަންވެލްތްގެ ހުރިހާ ޤައުމަކުން ޤަބޫލުކުރާނެކަމަށެވެ.

ލަންޑަން އެގްޒަރމިނޭޝަން ބޯޑަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ތަފާތު ކޯސްތައް ހިންގަމުން އަންނަ ބޯރޑެކެވެ. އަދި މިއީ ލަންޑަން އެގްޒަމިނޭޝަނުން ރާއްޖޭގެ ކޮލެޖަކާއި އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.