ކުޅިވަރު

އޮފީސް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ކަސްޓަމްސްއާއި ސްޓެލްކޯ ހޯދައިފި


ސަރުކާރު އޮފީސް އަދި ކުންފުނި ތަކުގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ކަސްޓަމްސްއާއި ސްޓެލްކޯ ހޯދައިފިއެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ކަސްޓަމްސް ހޯދީ ހަތަރު ގޭމް އެއް ގޭމުން ބީއެމްއެލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްޓެލްކޯ ހޯދީ ހަތަރު ގޭމް ތިން ގޭމުން އެމްޓީސީސީ ބަލިކޮށްގެންނެވެ. މިނިސްޓްރީ އޮފް އެންވަޔަރމެންޓް އެންޑް އެނާޖީ އަދި ސްޓެލްކޯ ވަނީ އަންހެން ޓީމް އިވެންޓުން ތިންވަނަ ހޯދާފައެވެ. ފިރިހެން ޓީމް އިވެންޓްގެ ތިންވަނަ ޓީމަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޓީމާއި މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީގެ ޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް ޓްރޮފީ، ފައިސާގެ އިނާމު އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސްޕޯރޓްސް ކައުންސިލްގެ ނާއިބުރައީސް ފަރުހަތު ޖަލީލްއެވެ.