ޚަބަރު

ޕޮލިޓެކްނިކުން އައްޑޫސިޓީގައި ހިންގި އިލެކްޓްރީޝަން ކޯހުގެ ދަސްވެނިވުން ބާއްވައިފި


މޯލްޑިވްސް ޕޮލިޓެކްނިކުން މިދިޔަ އަހަރު އައްޑޫގައި ހިންގި ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން ކޯސް ނިންމާ އެކޯސް ފުރިހަމަ ކުރި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ނޫރާނީ ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަސްވެނިންނަށް ސެޓިފިކެޓް ޙަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހެޑް އޮފް ފޮރިންގ ރިލޭޝަންސް އަލްފާޟިލާ އާމިނަތު ނަމްޒާއެވެ. މޯލްޑިވްސް ޕޮލިޓެކްނިކުން ބުނީ 6 މަހުގެ މުއްދަތައް ހިންގި މިކޯހުގައި 44 ދަރިވަރުން ދަސްވެނިވެފައިވާކަމަށެވެ.
އޭގެ އިތުރުން މި އަހަރުވެސް ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން އާއި ސެޓްފިކެޓް 3 އިން ކާރޕެންޓްރީ އަދި ސެޓްފިކެޓް 3 އިން ވުޑް ކާރވިންގެ ކޯސްތައް ކުރިއަށް ދާ ކަމަށް ވެސް ޕޮލިޓެކްނިކުން ބުނެއެވެ.
މި ކޯސްތަކަށް އައްޑޫސިޓީން ބޮޑު ތަރުހީބެއް ލިބިގެން ދާއިރު، އަންނަ އަހަރު އައްޑޫސިޓީ ގައި މީގެ އިތުރު ކޯސްތަކެއް ހިންގަން މަޝްވަރާ ކުަރަމުންދާކަމަށް ޕޮލިޓެކްނިކުން ބުނެއެވެ.