ޚަބަރު

އުފާވެރި ޚަބަރުތަކެއް ދެއްވުމަށް ޝަހީމް ފުވައްމުލަކަށް ފުރާވަޑައިގެންފި


ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފުވައްމުލަކަށް ފުރާވަޑައިގެންފިއެވެ.

ފުވައްމުލަކަށް ފުރާވަޑައިގަތުމުގެ ކުރިން މީޑީއާއަށް މަޢުލޫމާތުދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ މި ދަތުރުފުޅަކީ ވަރަށް އުންމީދީ ދަތުރުފުޅަކަށް ވާނެކަމަށެވެ. އެގޮތުން މިދަތުރުފުޅުގައި ފުވައްމުލަކުގެ ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކެއް ނޫޅޭނެކަމަށާއި ރައީސް ޔާމީން މި އިންތިޚާބު ކާމިޔާބު ކުރައްވާނީ ޚިޔާލުތަފާތުވާ ފަރާތްތަކުގެވެސް ވޯޓާއެކުގައި ކަމަށެވެ. ޝަހީމްގެ މި ދަތުރުފުޅުގައި ފުވައްމުލަކުގެ ރައްޔިތުންނާ އާންމުކޮށް ބައްދަލުކުރެއްވުމުގެ އިތުރުން ވަކިވަކި ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ޝަހީމް މީގެ ކުރިން ވަނީ ރައީސް ޔާމީނަށް ތާޢީދު ހޯއްދެވުމުގެ ގޮތުން މެލޭޝިއާ އާއި ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތަކަށްވެސް ވަޑައިގެންފައެވެ.