ސިޔާސީ

އިއްޔެގެ ޖަލްސާގައި ފެނިގެންދިޔައީ ޑިމޮކްރަސީގެ ރީތި މިސާލެއް- މަސީހް






 


ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފެނިގެންދިޔައީ އެމެރިކާގެ ފެންވަރުގައި ކުރިއަށްދާ ޑިމޮކްރަސީގެ ރީތި މިސާލެއްގެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވެއްޖެއެވެ.


 
އިޤްތިޞާދީ ހާއްސަ ސަރަހައްދުތައް ކަނޑައެޅުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު ޖަލްސާ ނިންމާލިކަން އިއުލާން ކުރައްވަމުން މަސީހު ވިދާޅުވީ، މަޖިލީހުގެޖަލްސާގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަތީ އިނގިރޭސި ޕްރިމިއާ ލީގްގެ މެޗެއްގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅޭ ފަދަ ފޯރިގަދަ ޕްރޮފެޝަނަލް މެޗެއްކަމަށެވެ.


 
 


އިއްޔެގެ ޖަލްސާގައި މެމްބަރުން ގިނަ ވަގުތުތަކެއް މަޖިލީހުގައި ހޭދަކޮށްފައިވާތީ، މަޖިލީހުގެ ޖަލްސާ އޮންނާނީ މިއަދު ހެނދުނު އެގާރަ ޖަހާއިރުއެވެ.  ނަމަވެސް ބުރާސްފަތި ދުވަހަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހެއް ނޫނެވެ.