ޚަބަރު

އެމްޕްލޮޔަރ ބްރޭޑިންގ އެވަރޑްސްގައި އުރީދޫއަށް 3 އެވޯޑެއް


ސިންގަޕޫރުގައި ބޭއްވި ބައިނަލްއަޤްވާމީ އެމްޕްލޮޔަރ ބްރޭޑިންގ އެވަރޑްސްގައި އުރީދޫ މޯލްޑިވްސްއަށް 3 އެވޯޑެއް ލިބިއްޖެއެވެ. އުރީދޫއަށް ލިބުނު އެވޯޑުތަކަކީ ޑްރީމް ކޮމްޕެނީ ޓު ވޯކް، ބެސްޓް އެމްޕްލޯޔަރ ބްރޭންޑްގެ އިތުރުން އެވަރޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގް އެވޯޑެވެ.

މި ހަފްލާގައި އުރީދޫގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސް، މުހައްމަދު ޝާހިދު އަށް "އެޗް.އާރް ލީޑަރޝިޕް އެވޯޑް" ވެސް ލިބުނެވެ.

މި ކާމިޔާބީއާއި ގުޅިގެން އުރީދޫގެ ސީ.އީ.އޯ ނަޖީބް ޚާން ވިދާޅުވީ، މުވައްޒަފުންގެ ކުރިއެރުމަށް އުރީދޫން އިސްކަންދޭކަމަށެވެ. އަދި ރާއްޖެއާއި، ރާއްޖޭން ބޭރުގައި އުރީދޫ މޯލްޑިވްސް ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ވަނީ މުވައްޒަފުން ބިނާ ކުރުމަށް އެޗް.އާރް ޓީމް އަދި ޕީޕަލް މެނޭޖަރުން ކުރާ މަސައްކަތްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މުވައްޒަފުންގެ ކުރިއެރުމަކީ އުރީދޫއިން އެންމެ އިސްކަންދޭ އެއް ކަންތައް. މިގޮތުން ހިއުމަން ރިސޯސަސްގެ ދާއިރާއިން ކުންފުނީގެ މަސައްކަތް ފާހަގަކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް ބޮޑު އުފަލެއް. ރާއްޖެއާއި، ރާއްޖޭން ބޭރުގައި އުރީދޫ މޯލްޑިވްސް ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައިވާ، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި މުވައްޒަފުން ބިނާ ކުރުމަށް އަޅުގަނޑުމެންގެ އެޗް.އާރް ޓީމް އަދި ޕީޕަލް މެނޭޖަރުން ކުރާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ފާހަގަކުރަން." އުރީދޫގެ ސީ.އީ.އޯ ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގައި 400 އަށް ވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވޯލްޑް އެޗްއާރްޑީ ކޮންގްރެސް 2018 ގައިވެސް، އުރީދޫ މޯލްޑިވްސްއިން ވަނީ ގިނަ އެވޯޑްތަކެއް ހޯދާފައެވެ. މީގެ އިތުރުން ބީޕީޓީ އެންމެ ގިނައިން ދައްކައިގެން މީރާއިން ދޭ ރަންލާރި އެވޯޑްވެސް މިއަހަރު އުރީދޫ މޯލްޑިވްސްއިން ވަނީ ހޯދާފައެވެ.