ފަތުރުވެރިން ގޮވައިގެން ކ. ހުރާ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ "އޯކިޑް 40" ނަމަކަށްކިޔާ ލޯންޗެއްގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެދުނު 10:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާ ހިނގިއިރު ލޯންޗްގައި ތިބި ފަތުރުވެރިން ބަނޑޮސް އައިލެންޑް ރިސޯޓްގެ ލޯންޗެއްގައި އެ ރިސޯޓަށް ގެންގޮސްފައިވާކަމަށާއި، މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.
އަލިފާން ހިފާފައިވަނީ ލޯންޗްގެ އިންޖީނުގައިކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.