ޚަބަރު

މޯލްޑިވްސް ލޭބަރ އެެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި


މޯލްޑިވްސް ލޭބަރ އެެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މޯލްޑިވްސް ލޭބަރ އެެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް ހެދުމުގެ ހުއްދަ، އެމްޑީޕީގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލު އަބްދުﷲ ހަސީނަށް މިއަދު ދީފައިވާކަމަށެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވާއިރު، ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ 3000 މީހުންގެ ސޮއި ހުށަހެޅުމުންނެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ދިހަ ހާސް މީހުންގެ ސޮއި ހުށަހެޅުމުންނެވެ.
އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ 6 ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމް.ޑީޕީއާއި، އެމް.ޑީ.އޭއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން ޑީ.އާރު.ޕީއާއި އަދާލަތު ޕާޓީއެވެ.