ޚަބަރު

އިންޑޮނޭޝިޔާގެ ލޮމްބޮކްގެ އުތުރު އައްސޭރިއަށް 6.8 ގެ ބިންހެލުމެއް އަތުވެއްޖެ


އިންޑޮނޭޝިޔާގެ ލޮމްބޮކްގެ އުތުރު އައްސޭރިއަށް މެގްނިޓިއުޑް 6.8 ގެ ބިންހެލުމެއް އައިސް ސުނާމީ އިންޒާރު ދީފިއެވެ. އިންޑޮނޭޝިޔާގެ މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތުދިން ގޮތުގައި ބިމުގެ 15 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ވަނީ ދީފައެވެ.

އެ އިދާރާއިން މަޢުލޫމާތުދިން ގޮތުގައި، މިދިޔަ ހަފުތާގައި އެ ޤައުމަށް އައި ބިންހެލުމަށްފަހު އެ ސަރަޙައްދަށް ސަތޭކައަށްވުރެ ގިނަ ލޮޅުން ވަނީ އިހުސާސްކުރެވިފައެވެ.