ޚަބަރު

މާލޭ ޢިމާރާތަކުން މީހަކު ވެއްޓި މަރުވެއްޖެ


މާލޭ ޢިމާރާތަކުން 69 އަހަރުގެ ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ.

ޕީ.އެސް.އެމަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާފަންނު ގެއަކުން މިރޭ ޢުމުރުން 69 އަހަރުގެ ފިރިހެނަކު ވެއްޓި މަރުވެފައިވާކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ ދިވެއްސެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި މިކަން ފުލުހުން އިތުރަށް ތަޙްޤީޤްކުރަމުންދާކަމަށެވެ.

މިކަމުގެ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޕީ.އެސް.އެމަށް މައުލޫމާތުލިބިފައިވާގޮތުގައި އުމުރުން ދުވަސްވީ އެމީހާ ވެއްޓިފައިވަނީ ގެއެއްގެ 5 ވަނަ ފަންގިފިލާއިންނެވެ.