ދުނިޔެ

ހަމަލާތައް ހުޓާލާ މަޝްވަރާތަކަށް އެނބުރި އައުމަށް އަނެއްކާވެސް ގޮވާލައިފި


 


 


އިސްރާއީލާއި ޣައްޒާގެ މުޖާހިދުން ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓާލާ މަޝްވަރާތަކަށް އެނބުރި އައުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް އަނެއްކާވެސް ގޮވާލައްވައިފިއެވެ.


 
އައްބާސް މިކަމަށް ގޮވާލައްވާފައިވަނީ މިޞްރަށް ވަޑައިގެން އެގައުމުގެ ރައީސް ޢަބްދުލް ފައްތާޙު ޢަލް ސީސީއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.


 
މި ބައްދަލުކުރެއްވުމުގައި، ސުލްޙައިގެ ވާހަކަތަކަށް ދާން ހަމާސް ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން އައްބާސް، އަލް ސިސީއަށް އަރުއްވާފައިވާ ކަމަށް މިޞްރުގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިން ހާމަކޮށްފައިވެއެވެ.


 
މިޞްރުގެ ޚާރިޖިއްޔާއިން ވަނީ އިސްރާއީލާ ޣައްޒާގެ މުޖާހިދުންނާ ދެމެދު ދެން ވެސް ބާއްވާނެ ސުލްޙައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ރޯލް އަދާކުރާނެ ކަމަށް ބުނެފައެވެ.


 
 


މިޞްރު މެދުވެރިވެގެން ދެ ފަހަރެއްގެ މަތިން އިސްރާއީލާ ޣައްޒާގެ މުޖާހިދުން ހަމަލާތައް ބަދަލުކުރުން ހުއްޓާލި އިރު، މިދިޔަ ހަފްތާގައި ދެފަރާތުން އަނެއްކާވެސް ވަނީ ހަމަލާތައް ބަދަލުކުރަން ފަށާފައެވެ.