ސިޔާސީ

ޗައިނާއިން ދޭ 16 މިލިއަން ޑޮލަރު ހޭދަކުރާނެ ގޮތެއް ނިންމާނީ ކޮމިޝަނުން





 


ޗައިނާއިން ރާއްޖެއަށް ދޭ ސޯޅަ މިލިއަން ޑޮލަރު ނުވަތަ ދުއިސައްތަ ފަންސާސް މިލިއަން ރުފިޔާގެ ހިލޭ އެހީ ހޭދަކުރާނެ ދާއިރާތައް ކަނޑައެޅޭނީ ދެގައުމު ގުޅިގެން އުފެއްދުމަށް ހަމަޖެހިފައިވާ ޖޮއިންޓް ކޮމިޝަނުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ކަމަށާ މިބައްދަލުވުން ވަރަށް އަވަހަށް ބޭއްވޭނެކަމަށް


ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
 
އެމްބީސީ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ މިފައިސާ ޚަރަދު ކުރައްވާނީ ކޮން ދައިރާތަކަކަށްކަން އަދި ނިންމަވާފައި ނުވާކަމަށެވެ.


 
އެކަމަނާ ވިދާޅުވީ، މިއެހީ ބޭނުންކުރެވޭނީ ދެގައުމު ގުޅިގެން އުފެއްދުމަށް ހަމަޖެހިފައިވާ ޖޮއިންޓް ކޮމިޝަނުންގެ ބައްދަލުވުން ބޭއްވި، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ދާއިރާތަކުންކަމަށެވެ.


 



ޗައިނާއިން ދިން ހިލޭ އެހީއާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީޗައިނާ ސަރުކާރުން ދޭ އެފަދަ ހުރިހާ އެހީއެއް މާލެއާ - ހުޅުލެއާ ދެމެދުއަޅާ ބްރިޖްމަޝްރޫޢަށް ހޭދަ ކުރުމަށް  ޗައިނާ ސަރުކާރުގައި އެދިވަޑައިގެންފައިވާނޭކަމަށެވެ.