ޚަބަރު

ރައީސް ޔާމީން މަލީ ބަޔާން ހުށަނާޅުއްވާ ކަމަށްބުނެ ދައްކާވާހަކައަކީ ދޮގެއް - ތަރުޖަމާނު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މަލީ ބަޔާން ހުށަނާޅުއްވާކަމަށްބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގެއްކަމަށް ރައީސްއޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް ޢަލީ ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާވަނީ އެމަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އޮޑިޓަރ ޖެނަރަލަށް މާލީ ބަޔާން ހުށަހަޅުވާފައިކަމަށާ، އެބަޔާން އޮޑިޓަރ ޖެނަރަލްވަނީ ބަލައިގެންފައިކަމަށްވެސް ތަރުޖަމާނުގެ ޓްވިޓުގައި ވަނީ ވިދާޅުވެފައެވެ.

މާލީ ބަޔާން ހުށަހަޅާގޮތް އިސްލާޙު ކުރައްވައި ދާދިފަހުން އޮޑިޓަރޖެނަރަލްވަނީ މާލީ ބަޔާން ހުށަހަޅައަނެ އައު ފޯމެޓް ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާ ކުރައްވާފައިކަމަށާ، އެ ފޯމެޓާ އެއްގޮތަށް ވަރަށްއަވަހަށް ރައީސުލްޖުމްހޫރިއްޔާ އައު މާލީބަޔާން ހުށަހަޅުއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާކަމަށްވެސް ރައީސްއޮފީހުގެ ތަރުޖަމާނުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.